އެ މަނިކުފާނުގެ ހިތްވަރެއް ބައްޔެއް ނުވާނެ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކެމްޕޭން ނިންމާލުމަށް މިރޭ ބޭއްވި ޕެރޭޑަށްފަހު އާޓިފިޝަލް ބީޗުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ލަޝްކަރު މިހާރު އޮތީ އަލުން ތަރުތީބުވެފައި ކަމަށެވެ.
."އަޅުގަނޑުމެން އޭނާ (ރައީސް މުއިއްޒު) ބަލިކުރާނަން، އަޅުގަނޑުމެން އޭނާ ވައްޓައިލާނަން، އަޅުގަނޑުމެން ދާނީ ބާރަށް ކުރިއަށް" ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވާނެ،"
މާދަމާގެ އިންތިހާބުގައި ހުރިހާ މެންބަރުން ބައިވެރިވެ ވޯޓު ދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މާދަމާ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ބާއްވާ މި އިންތިހާބުގައި ނަޝީދާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު