އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ މަނިކުފާނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ބަލި ގަބޫލުކުރައްވައި، ނަޝީދަށް މަރުހަބާ ދަންނަވައިފިއެވެ.
މީކާއިލް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށްފަހު ނަޝީދަށް ފޯނުން ގުޅުއްވައި، އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ ވާދަވެރިކަމަށްފަހު، ދެން އޮތީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންގޮސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތްކަމަށް މީކާއީލް ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު 14:30 އިން މިރޭ 21:00 އަށް ކުރިއަށްދިޔަ މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ނަޝީދު ވަނީ މީކާއީލްގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ.
މި އިންތިހާބަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ. ފައްޔާޒު، މި އިންތިހާބުގައި ތާއީދުކުރެއްވީ ނަޝީދަށެވެ.
މުހައްމަދު އިޝާން
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް