ކުއްލި ޚަބަރު

ކުޑަހުވަދު އާއި މާއެނބޫދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ދ. އަތޮޅުގެ ދެ ރަށް ކަމަށްވާ، މާއެނބޫދޫ އާއި ކުޑަހުވަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައުމޫނާ އަބޫބަކުރު ސޮއިކުރައްވާ އެ ދެ ރަށު ކައުންސިލަށް ފޮނުވާފައިވާ ކަރަންޓީނު ކޮށްފައިވާކަން އަންގާ ލިޔުމުގައި ބުނެފައިވަނީ، އެ ދެ ރަށުގައި ހުރި ފަތުރުވެރިއެއްގެ ކިބައިން ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް މިއަދު 12:50 އިން ފެށިގެން ދެ ރަށަށް އަރައި ފޭބުން މަނާކޮށް ރަށް ކަރަންޓީނު ކުރާ ކަމަށެވެ.

ކުޑަވަހުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝާމް "ވަން" އަށް ވިދާޅުވީ، އެރަށާއި މާއެނބޫދޫ މޮނީޓަރިންގެ ހާލަތަށް ގެނައީ ދެރަށް ދެމެދު އޮންނަ ނިޔާމަ ރިސޯޓުގައި މަސައްކަތްކުރާ ހަތަރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، އެމީހުން އެ ދެރަށަށް ދަތުރުކޮށްފައި ހުރުމުން ކަމަށެވެ.

ޕޮޒިޓިވްވި ހަތަރު މުވައްޒަފުންގެ ތެރޭގައި ކުޑަހުވަދޫ ރައްޔިތަކު ވެސް ހިމެނޭ ކަމަށާއި އަދި އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝާމް ވިދާޅުވި އެވެ.

މާއެނބޫދޫ އާއި ކުޑަހުވަދޫ މޮނީޓަރިންގެ ހާލަތަށް ގެނައި އިރު، އެ އަތޮޅު ރިނބިދޫ އާއި މީދޫގައި ކޮވިޑް ޖެހިފައިވާ ހަތް މީހަކު އެބަ ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެ އެވެ.