ރޭގެ ވަގުތެއްގައި ހުޅުމާލެ ހޮސްޕިޓަލަށް މަރުވެގެން ގެންދިޔަ ޒުވާނާ ކޮވިޑް 19 އަށް ޕޮޒިޓިވް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން މައުލޫމާތު ދިން ގޮތުގައި މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި ގެންދިޔަ 21 އަހަރުގެ އަންހެން މީހާ ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ ހޮސްޕިޓަލަން ގެންދިޔަ ފަހުންނެވެ. އަދި އޭނާގެ ޓެސްޓުގެ ނަތީޖާއިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކާފައި ކަމަށް އެޗްއީއޯސީން ބުނެއެވެ.
މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 29 ވަނަ މީހާއެވެ.
މިބަލީގައި މިހާތަނަށް މަރުވެފަައިވަނީ 23 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ. އޭގެތެރެއިން މިމަހު އެކަނިވެސް ކޮވިޑް ބަލީގައި ޖުމުލަ 13 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.
ރޭ ހުޅުމާލެ ހޮސްޕިޓަލަށް މަރުވެގެން ގެންދިޔަ ޒުވާނާ މަރުވި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހޮސްޕިޓަލުން ކަމަށް ރޭ މައުލޫމާތު ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ހދ، މަކުނުދޫ ޒުވާނެއް ކަމަށްވާ ފާތުމަތު ޒަހާ އަހުމަދު ޝަކީލެވެ. އޭނާއަކީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ކުރީން މަސައްކަތް ކުރި ޒުވާނެކެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އުރީދޫގެ އެއާޕޯޓު ބިޒްނަސް ޑިވަލޮޕްމަންޓް ޓީމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު