މަސައްކަތްތެރީންނަށް ދޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރީން ދޭން ފަށަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ފާސްކޮށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކަނޑައަޅައިފިއެވެ.
އެ ބިލު ދިރާސާ ކުރަމުންގެންދަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި އިޖްތިމާއީ ކޮމިޓީން އެއްކޮށްލައިގެން އުފައްދާފައިވާ ކޮމިޓީއަކުންނެވެ.
ބިލުގައިވާ ގޮތުން ކަމާބެހޭ ދިރާސާތައް ކުރުމަށްފަހު މިނިވަމްވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާނީ ބިލުގައި އުފައްދަން ކަނޑައަޅާފައިވާ މިނިމަމްވޭޖް އެޑްވައިޒަރީބޯޑުންނެވެ. އެބޯޑުން މިނިސްޓަރަށް ލަފާ އެރުވުމުން ދިރާސާ ކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް ކަނޑަައަޅަން ވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.
މިނިސްޓަރު އެގޮތަށް ނެރޭ ފުރަތަމަ އަމުރަށް އެންމެ ލަސްވެގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އަލަމުކުރަން ފަށަންވާނެ ކަމަށް ބިލުގައިވަނީ ހިމަނައިފަ އެވެ.
ކޮމިޓީގެ މެންބަރުން އެގޮތަށް ބިލުގައި ހިމަނަން ފާސްކުރީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
އެންމެ ކުޑަ މުސާރަ
އެންމެ ކުޑަ މުސާރަ
އެންމެ ކުޑަ މުސާރަ
އެންމެ ކުޑަ މުސާރަ