އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕުކޮށްފި އެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ފުލުހުން ބުނީ، ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ރޭޕް ކުރުން ގިނަވެފައިވާ އިރު ރޭޕް ރިޕޯޓް ކުރާ މިންވަރުވެސް ވަނީ ކުރިޔާ އަޅައި ބަލާއިރު ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ.