ދައުލަތުން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް، ބޭރުކޮށްލި މައްސަލައިގައި، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބެލުމަށާއި، އަދީބުގެ ދައުވާތައް ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައި ބަހުސ ފަށައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ، އެކަމުގައި ނުފޫޒާއި، ކޮރަޕްޝަން ހިމެނޭކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން އެމައްސަލަ ނިންމާފައިވަނީ ވަރަށްގިނަ އިޖުރާއަތްތަކާއި ހިލާފަށްކަމަށާއި، މިމައްސަލައިގައި ގާޒީ އަމަލުކޮށްފައި ވަނީ ދިފާއީ ވަކީލެއްގެ ގޮތުގައިކަމަށް، ކަންހިނގަދިދިޔަ ގޮތުން ސާފުކަމާކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މިމައްސަލާގައި ފަނޑިޔާރު އިސްލާއިލް ރަޝީދު އަމިއްލައަށް ގޮތްނިންމާފައިވަނީ ދައުލަތާއި އަދީބާއި ދެފަރާތުންކުރެ ފަރާތެއްގައި އަހާލުމެއްވެސް ނެތިކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ، އެމައްސަލާގައި ނުފޫޒާއި، ރިޝްބަތާއި ކޮރަޕްޝަން ހިމެނޭތީ، ކުރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި ފަޑިޔާރު އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެއްލުވުމަށް ހުށަހެޅުމަށާއި، މިމައްސަލަ ވީހާވެސް އަވަހަކަށް އިސްތުއުފާކުރުމަށް ގޮވާލައި މަޖިލީހަށް މައްސަލަ ހުށަހަޅުއްވާ ކަމަށެވެ.
މިކަމާބެހޭގޮތުން ހަސަން ލަތީފު މަޖިލީހަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، އަދީބުގެ މައްްސަލަ އިސްތިއުނާފު ކުރުމުގެ އިތުރުން އެ މައްސަލަ ބެއްލެވި ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށް ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުވެސް އިއްޔެ ވަނީ ނިންމަވައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު