ފުލުހުންގެ ބިލަށް ހިޔާލު ހޯދުމަށް މަޖިލީހުގައި ބާއްވާ ބައްދަލުވުމުގައި ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖުކުރަން ފަށައިފިއެވެ.
ފުލުހުންގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ ބައްދަލުވުމުގައި ބައެއް އާންމު ރައްޔިތުން އަންނަނީ ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ.
އެތަނުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިޔަކު ބުނީ، މިހާތަނަށް އެ ބައްދަލުވުމަށް އައިސްފައިވަނީ އާންމުންގެ އަށް މީހަކު ކަމަށާއި އޭގެ ތެރެއިން އިހުތިޖާޖުކުރަމުންދަނީ ހަތަރު މީހަކު ކަމަށެވެ.
އިހުތިޖާޖު ކުރަމުން އަންނަ މީހުން ވަނީ ކުޑަކުދިން ހިމާޔަތްކުރުމަށާއި، ޖިންސީ އަނިޔާގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ނުފޫޒު ބޭނުންކޮށްގެން މިނިވަންވާ ކަމަށް ބުނެފައެވެ.
ފުލުހުންގެ ބިލަށް ހިޔާލު ހޯދުމަށް މަޖިލީހުގައި ބާއްވާ ބައްދަލުވުމުގައި ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖުކުރަމުން އަންނަ އިރު މިފަހުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި މުޒާހަރާއެއްވެސް ކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު