އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހުންނަ ސިއްހީ ފަރުވާދޭ މަރުކަޒަކުން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ކުޑަ ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކްރައިމް އަގައިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ތަހުގީގު ޓީމަކާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެކުއްޖާ ރޭޕްކޮށްފައިވަނީ މ. އަތޮޅުގެ ރަށެއްގައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ވަނީ އެ ހާދިސާ ހިނގި ރަށަށް ގޮސްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު