ސަފާރީގައި ރޭޕް ކުރިކަމަށް ބުނާ މައްސަލައިގައި، އެ ހާދިސާގައި، ސީންއަށް ދިޔަ ފުލުސްމީހާ އާއި އެވަގުތު ސްޓޭޝަން އިންޗާޖަކަށް ހުރި ފުލުސް މީހާއާ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މާދަމާ ބައްދަލުކުރަން ފާސްކޮށްފިއެވެ.
ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި، ކަން ހިނގާފައިވާ ގޮތް ބެލުމަށް، ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިސް ނަގައިގެން މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ކަމުގެ ޝިކާއަކަށް ވި، ކެންޔާ އަންހެން މީއހާ ބޭނުންނަމަ އެކަމާބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާކުރެވޭނެ ކަމަށް އެ މީހާއަށް އެންގުމަށްވެސް ވަނީ ފާސް ކޮށްފައެވެ.
އޭގެ އިތުރުން އެކަމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ވަރަށް ގާތުން ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ސިޓީއަކުން ހުށަހެޅުމަށްފަހު ޕީޖީ އެކަން ކުރިއަށް ގެންދާގޮތެއް ބެލުމަށް ވެސް ވަނީ ފާސްކޮށްފައެވެ. އަދި އެ އަންހެން މީހާގެ ސަލާމަތާއި ރައްކާތެިކަމާބެހޭ ކަންކަން ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދޭތޯ ކަށަވަރު ކުރުމަށް ސިޓީއަކުން އެ މިނިސްޓްރީގައި ދެންނެވުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެހާދިސާގައި އަނިޔާ ލިބުނު ކަމަށްބުނާ އަންހެން މީހާގެ ހައްގަށް އުނިކަން އަންނަ ގޮތަށް ދޮގު ހަބަރުތައް އިތުރަށް ނުފޮނުވާނެކަން ކަށަވަރުކުރުމަށް ބްރޯޑްކާސްޓީން ކޮމިޝަނާއި މީޑިއާ ކައުންސިލަށް ސިޓީއަކުން ދެންނެވުމަށްވެސް މިއަދު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެހާދިސާގައި ފުލުހުން އަމަލު ކޮށްފައިވަނި ރަނގަޅަށް ނޫން ކަަމަށް މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި އެ މައްސަލަ އިންސާފުވެރިކޮށް ހާމަކަށް ބޮޑު ގޮތެއްގައި އަވަހަށް ބަލަންޖެހޭ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ