މިދިޔަ 2025 އަހަރާއި މި އަހަރުގެ އެންޓި ޓޯޗާ ރިޕޯޓުތަކުގެ މުއްދަތުގައި ތަހުގީގު ނިންމައި ޕްރޮސިލިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 10 މައްސަލަ ފޮނުވާފައިވާ ކަަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް، 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ އެންޓި ޓޯޗާ ރިޕޯޓު ހުށަހަޅުއްވަމުން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލް އާއިޝަތު ޝާހީން ނަޖްމީ ވިދާޅުވީ، 2025 ވަނަ އަހަރު އެ ކޮމިޝަނުގައި 148 މައްސަލަ ރަޖިސްޓްރީކޮށްފައިވާ އިރު، 79 މައްސަލައަކީ އާއްމު ފަރުދުންނާއި ސަރުކާރާއި އަމިއްލަ އިދާރާތަކުން ހުށަހެޅި މައްސަލަތައް ކަަމަށެވެ. އޭގެ ތެެރެއިން 69 މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ރަޖިސްޓްރީކުރި މައްސަލަ ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރު 74 މައްސަލަ ރަޖިސްޓްރީ ކުރި އިރު، 61 މައްސަަލައަކީ އާއްމު ފަރުދުންނާއި ސަރުކާރާއި އަމިއްލަ އިދާރާތަކުން ހުށަހެޅި މައްސަލަތައް ކަމަށާއި، 13 މައްސަލަ އަކީ ކޮމިޝަނުގެ އިސް ނެގުމުގެ މަތިން ރަޖިސްޓްރީ ކުރި މައްސަލައެވެ.
މިދިޔަ އަހަރު 119 މައްސަލަ، މިއަހަރު 71 މައްސަލަ ތަހުގީގުކުރަން ނިންމި ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން 2025 ގެ ކުރިން ހުށަހެޅި ބަލަމުންދިޔަ މައްސަލަތަކާއެކު މިދިޔަ އަހަރު 182 މައްސަލަ، މިއަހަރު 170 ތަހުގީގުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާއިޝަތު ޝާހީން ނަޖްމީ ވިދާޅުވީ، އޭގެ ތެރެއިން މިދިޔަ އަހަރު 95 މައްސަލައެއްގެ ތަހުގީގު ނިންމައި، އަށް މައްސަލައެއް ޕްރޮސިކިއުޓާ ޖެެނެރަލްގެ އޮފީހަށް ފޮނުވިއިރު، މިއަހަރު 124 މައްސަލައެއްގެ ތަހުގީގު ނިންމައި ދެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް