މިދިޔަ އަހަރުގެ ނިޔަލަށް 18 އަހަރުން ދަށުގެ ކުޑަކުދިންނާ ގުޅޭ 1،800 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާއިން ބުނެފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކުރީ، އެ މިނިސްޓްރީ އާއި ފިޔަވަތީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅަމުންނެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ މިނިސްޓްރީން ހުށަހެޅި ރިޕޯޓުގައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވާތީ ކުރާ އަނިޔާ އަދި ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރާ އަނިޔާގެ ޖުމްލަ 711 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ.
އެގޮތުން އަންހެން ކުދިންނަށް ކުރާ އެކިއެކި ހާނިއްކަ އާއި އަނިޔާތަކުގެ 961 މައްސަލަ، ފިރިހެން ކުދިންނަށް ކުރާ އެކިއެކި ހާނިއްކަ އާއި އަނިޔާތަކުގެ 904 މައްސަލަ ހިމެނެއެވެ.
އޭގެ އިތުރުން 18 އަހަރުން މަތީގެ އަންހެނުންނަށް ކުރާ އެކިއެކި ހާނިއްކަ އާއި އަނިޔާތަކުގެ 548 މައްސަލަ އާއި 18 އަހަރުން މަތީގެ ފިރިހެނުންނަށް ކުރާ އެކިއެކި ހާނިއްކަ އާއި އަނިޔާތަކުގެ 163 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
ކޮމެންޓް