ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ، މާލެ ސިޓީގެ މޭޔަރު އަލީ އާޒިމް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އެ ފަސް ބޭފުޅުން މިފަހަރުގެ ކައުންސިލް އިންތިހާބުގައިވެސް ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ބޭފުޅުން ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ތިނަދޫ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއްވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މޭޔަރުގެ މަގާމުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ސުޕަ މެޖޯރިޓީވެސް އެމްޑީޕީން ވަނީ ހޯއްދަވައިފައެވެ.