ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހއ. އަތޮޅު ސެމީ ފައިނަލް ފަހު ޖާގަތައް މާރަންދުއާއި ޗެމްޕިއަން ދިއްދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، އެ އަތޮޅު ދެ ގްރޫޕްގެ ފަހު މެޗުތައް މިއަދު ހަވީރު ވަނީ ކުޅެފައެވެ. އެ އަތޮޅުން 10 ޓީމު ދެ ގްރޫޕެއްގައި ވާދަކުރި އިރު، މިއަދުގެ މެޗުތަކަށް ނުކުތްއިރުވެސް ކެލައާއި ވަށަފަރަށް އޮތީ ސެމީ ޔަގީންވެފައެވެ.
އެހެންނަމަވެސް ގްރޫޕްގެ އެއްވަނަ ގެއްލުމުގެ ފުރުސަތު އެ ދެޓީމަށްވެސް އޮތެވެ. އޭގެ ތެރެއިން ކެލައަށް ގްރޫޕް އޭގެ އެއްވަނަ ގެއްލުނުވެސް މެއެވެ. ކެލައިން މިއަދު ބާރަށާ ދެކޮޅަށް ކުޅުނު މެޗުގައި 3-2 އިން ބަލިވެފައިވާ އިރު، ބާރަށުގެ ގޯލުތައް ޖެހީ މުހައްމަދު އައްފާނާއި އަހުމަދު ޝަޒީމް އަދި މުހައްމަދު މާއިޒް ޔޫސުފެވެ.
މެޗުގައި ކެލައިން ދެ ގޯލުވެސް ޖެހީ ދުރު ޕެނަލްޓީގައެވެ. އެއީ އަހުމަދު ވަހީދު ޖެހި ދެ ގޯލެވެ.
އެ ގްރޫޕްގެ އެއްވަނައަށް މިއަދު ޖެހިލީ މާރަންދުއެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. މާރަންދޫން ފިއްލަދުއާ ދެކޮޅަށް ކުޅެ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އަދުހަމް އަލީއާއި ހުމައިދު ހުސައިން އަދި ހަމްދޫން އަބްދުލް ލަތީފް މާރަންދޫގެ ގޯލުތައް ޖެހި އިރު، ފިއްލަދޫގެ ދެ ގޯލުވެސް ޖެހީ އާދަމް ރިލްވާނެވެ.
އެ އަތޮޅު ގްރޫޕް ބީން ވަށަފަރު ކުރިން ސެމީ ޔަގީން ކޮށްފައި އޮތް އިރު، އެޓީމުން ގްރޫޕްގެ އެއްވަނަ ޔަގީންކުރީ 2-1 އިން އިހަވަންދޫ ބަލިކޮށްގެންނެވެ. ވަށަފަރުގެ އަބްރާހީމް އަތީގު ހަސަން (އިއްބެ) އާއި އަހުމަދު މާއިޝް ރަޝީދު ގޯލުތައް ޖެހި އިރު، އިހަވަންދޫގެ ގޯލުތައް ޖެހީ އިބްރާހީމް ލަޔާނެވެ.
ވަށަފަރު އެއްވަނަ ހޯދީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސެމީއަށް ދިޔަ އެންމެފަހުގެ ޗެމްޕިއަން ދިއްދޫން މިއަދު އުތީމު ކަޓުވާލީ 3-0 އިން މޮޅުވެގެންނެވެ. އެމެޗަށް ނުކުތްއިރު އުތީމަށް މޮޅެއް މަޖުބޫރުވެފައި އޮއްވާ ދިއްދޫން މޮޅުވީ ހައިސަމް ރަޝީދު (ހައި) އާއި މުހައްމަދު ޝަނާއު ނަސީރު ޖެހި ގޯލުތަކުންނެވެ. ޝަނާއު މެޗުގައި ދެ ގޯލު ޖެހިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ގއ. ދާންދޫ - ގއ. ގެމަނަފުށި
ގްރައުންޑް 2: ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ
21:00
ގްރައުންޑް 1: ގއ. ކޮލަމާފުށި - ގއ. ވިލިނގިލި
ގްރައުންޑް 2: ގއ. ދެއްވަދޫ - ގއ. މާމެންދޫ
22:00
ގްރައުންޑް 1: ރ. ރަސްގަތީމު - ރ. މަޑުއްވަރި
ގްރައުންޑް 2: ރ. ދުވާފަރު - ރ. މީދޫ
23:00
ގްރައުންޑް 1: ލ. ގަން - ލ. މާބައިދޫ
ގްރައުންޑް 2: ލ. ކަލައިދޫ - ލ. އިސްދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް