ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އިއްޔެ ހަވީރު ކުޅުނު ގދ. އަތޮޅުގެ މެޗުތަކާއެކު ވާދުއާއި މަޑަވެއްޔަށް އަތޮޅު ސެމީ ޔަގީންވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، އިއްޔެ ހަވީރު ވަނީ ގދ. އަތޮޅު ދެ ގްރޫޕުގެ މެޗުތައް ކުޅެފައެވެ. ގދ. އަތޮޅުން ޖުމުލަ ހަ ޓީމު މުބާރާތުގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ.
ގްރޫޕް އޭގެ އެއްވަނަ މަޑަވެލިން ޔަގީންކުރީ އިއްޔެ ހަވީރު ކުޅުނު މެޗުގައި 3-2 އިން ފަރެސްމާތޮޑާ ބަލިކޮށްގެންނެވެ. މަޑަވެލީގެ ތިން ގޯލު ޖަހައި، މުހައްމަދު މުއާދު ހެޓްރިކް ފުރިހަމަކުރި އިރު، ފަރެސްމާތޮޑާގެ ގޯލުތައް ޖަހައިދިނީ އަލީ ޝަހުމާއި އިބްރާހީމް ނަޒީމެވެ.
އެ ގްރޫޕުގައި ދެން ބާކީ އޮތީ އެއް މެޗެވެ. އެއީ ފަރެސްމާތޮޑާއާއި ތިނަދޫ ވާދަކުރާ މެޗެވެ. ސެމީއަށް ދާ ދެވަނަ ޓީމު ޔަގީންވާނީ އެމެޗުންނެވެ. މަޑަވެއްޔަށް ގްރޫޕް އެއްވަނަ ޔަގީންވީ ދެމެޗުންވެސް މޮޅުވުމުންނެވެ.
އެއަތޮޅު ގްރޫޕް ބީން އެންމެފަހުގެ ޗެމްޕިއަން ވާދުއަށް ސެމީ ޔަގީންވީ އިއްޔެ ގައްދުއާ ދެކޮޅަށް ކުޅުނު މެޗުގައި 1-1 އެއްވަރުވުމުންނެވެ. ވާދޫން ކުޅުނު ފުރަތަމަ މެޗުގައި ފިޔޯރީ ކައިރިން ބޮޑު މޮޅެއް ހޯދާފައިވާ އިރު، އެޓީމަށް ދެމެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
ގްރޫޕުގައި ބާކީ ދެން އޮތް މެޗުގައި ގައްދޫން ފިޔޯރީއާ ދެކޮޅަށް ނުކުންނަ އިރު، އެމެޗުން ސެމީ ޔަގީންވާނެ ދެވަނަ ޓީމު އެނގޭނެއެވެ. އެމެޗު އެއްވަރު ކޮށްލައިގެންވެސް ގައްދުއަށް ސެމީއަށް ދެވޭނެއެވެ. ފިޔޯރީއަށް އެއީ މޮޅުވުން މަޖުބޫރު މެޗެކެވެ.
އިއްޔެ އަތޮޅު ޗެމްޕިއަން ވާދުއަށް ގޯލު ޖަހައިދިނީ މުހައްމަދު ނާއިލެވެ. ނާއިލް އެ ގޯލު ޖެހީ ގައްދޫން އަހުމަދު އަކްމަލް ނިޒާމް ގޯލެއް ޖަހާފައި ވަނިކޮށެވެ.
ނާއިލްއަށް މެޗުގެ ފަހުކޮޅުގައި ރަތް ކާޑުވެސް ދައްކާފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
16:00
ގްރައުންޑް 1: ބ. އޭދަފުށި - ބ. ތުޅާދޫ
17:00
ގްރައުންޑް 1: ދ. ބަނޑިދޫ - ދ. މާއެނބޫދޫ
20:00
ގްރައުންޑް 1: ހއ. ކެލާ - ހއ. ހޯރަފުށި
ގްރައުންޑް 2: ހއ. ފިއްލަދޫ - ހއ. ބާރަށް
21:00
ގްރައުންޑް 1: ހއ. އުތީމު - ހއ. މުރައިދޫ
ގްރައުންޑް 2: ހއ. އިހަވަންދޫ - ހއ. ދިއްދޫ
22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު
ގްރައުންޑް 2: ހދ. ފިނޭ - ހދ. މަކުނުދޫ
23:00
ގްރައުންޑް 1: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ
ގްރައުންޑް 2: ހދ. ނޮޅިވަރަން ހދ. ކުމުންދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް