ޔޫއެފާ ނޭޝަންސް ލީގުގެ އޭ ލީގުގެ ގްރޫޕް ދޭއްގައި ރޭ ފްރާންސުން ކުޅުނު މެޗުގައި 3-1 އިން އިޓަލީ ބަލިކޮށް، އެ ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ.
އިޓަލީ ދަނޑުގައި ހޯދި މޮޅާއެކު ފްރާންސުން ނިންމާލީ އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ ހަ މެޗުން 13 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އިޓަލީގައި އޮތީ ހަ މެޗުން 13 ޕޮއިންޓާއެކުގައި ނަމަވެސް، ދެވަނައިގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއަށް ބަަލައިގެންނެވެ. އެ ގްރޫޕްގައި ރޭ ބެލްޖިއަމުން ކުޅުނު މެޗުގައި އިޒްރޭލް ކައިރިން ބަލިވި ނަމަވެސް އިޒްރޭލު ނިންމާލީ ގްރޫޕް ފުލުގައެވެ.
ރޭގެ މެޗުގައި ފްރާންސްގެ ތިން ގޯލު ތެރެއިން ދެ ގޯލު އެޑްރިއަން ރެބިއޯ ޖެހި އިރު، އަނެއް ގޯލަކީ އިޓަލީގެ ގުގިލިއޭމޯ ވިސާރިއޯ އަތުން ވަނީ ބައިކޮޅަށެވެ. އިޓަލީގެ ގޯލު ޖެހީ އަންދްރޭ ކަންބިއާސޯއެވެ.
ފްރާންސުން މި އިންޓަނޭޝަނަލް ބްރޭކްގައި ކުޅުނު މެޗުތަކަށްވެސް ކިލިއަން އެމްބާޕޭ ސްކޮޑަށް ނަގާފައި ނުވާ އިރު، އޭނާ ހުރީ ދަށް ފޯމެއްގައެވެ. މި ސީޒަނަށް ރެއާލަށް ބަދަލުވެ، އޭނާއަށް އެންމެ އެކަށީގެންވާ ކުޅުމެއް އަދި ދެއްކިފައެއް ނުވެއެވެ. އެހެން ނަމަވެސް، ފްރާންސް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ވަނީ ރޭގެ މެޗަށްފަހު އެމްބާޕޭއަށް ހިތްވަރު ދީފައެވެ.
"އެމްބާޕޭ ހުރީ އުނދަގޫ ހާލަތެއްގައި. އެ ހުރި ފޯމުން އެމްބާޕޭ ހޯދި ކާމިޔާބީތަކާއި އޭނާގެ ހުނަރަށް ސުވާލު އުފެއްދޭނެ ޖާގައެއް ނެތް. އެމްބާޕޭ އެނބުރި އޭނާގެ އެންމެ ރަނގަޅު ފޯމަށް އަންނާނެ. އެކަމަކާ އަހަރެން އެއްވެސް ވަރަކަށް ނުވެސް ވިސްނާނަން. ފުރިހަމަ އިތުބާރު އެބައޮތް އެމްބާޕޭއަށް،" ޑިޝޭމްޕްސް ބުންޏެވެ.
އެމްބާޕޭ ފޯމު ރަނގަޅު ނުވެ ހުރީ އޭނާ އެންމެ ރަނގަޅު މަގާމަށް ނުކުޅުވާތީތޯ ޑިޝޭމްޕްސް ކައިރިން އެހުމުން އޭނާ ބުނީ، ފްރާންސްގައިވެސް އޭނާ ކުޅެނީ ސެންޓަ ފޯވާޑަށް ކަމަށާއި، އެ މަގާމަަށް ފްރާންސްގައި ކުޅޭތީވެސް ފާޑު ކިޔުންތައް އަމާޒުވި ކަމަށެވެ. އެހެން ނަމަވެސް އެމްބާޕޭ އެންމެފަހުން ކުޅުނު ދެ ކްލަބުގައިވެސް ކޯޗުން އޭނާ ބޭނުންކުރީ ސެންޓަ ފޯވަޑަކަށް ކަމަށާއި، އެއީ ގޯސް މަގާމެއް ނޫން ކަމަށްވެސް ޑިޝޭމްޕްސް ބުންޏެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ