ފުޓުބޯޅަ ލެޖެންޑް، ޒައިނެއްދީން ޒިދާންގެ ކޯޗުކަމުގައި ގައުމީ ޓީމަށް ކުޅުމަކީ "ފިލްމެއްގެ މަންޒަރެއް" ގޮތަށް ސިފަވާ ކަމަށް ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފިއެވެ.
ފްރާންސްގެ ކޯޗުކަމުގައި ޑިޑިއޭ ޑިޝޯމް، 14 އަހަރު ހުރުމަށްފަހު މަގާމު ދޫކޮށްލީ ވޯލްޑް ކަޕަށްފަހުއެވެ. އޭގެފަހުން ގައުމީ ޓީމުގެ ކޯޗުކަން ޒިދާނާ ހަވާލުކުރި އިރު، އޭނާ މަގާމާ ހަވާލުވީ ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދިނުމަށްފަހު ފަސް ވަރަކަށް އަހަރު ދުވަހު ބްރޭކެއްގައި ހުރުމަށްފަހުއެވެ. ޒިދާންއަކީ ފުޓުބޯޅައިގެ ލެޖެންޑެކެވެ. ބެލޮންޑިއޯ ހޯދާފައިވާ ޒިދާން ވަނީ 1998 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ހޯދައިފައެވެ.
"މީގެ އަހަރުތަކެއް ކުރިން ޒިދާން ވަނީ ރެއާލް މެޑްރިޑްގެ ދަނޑަށް އަހަރެން ގޮވައިގެން ގޮސްފަ. ޒިދާންއަކީ ފުރަތަމަ ފަހަރަށް ރެއާލްގެ ދަނޑަށް އަހަރެން ގެންދިޔަ މީހާ. އޭރު އަހަންނަށް 13 ނޫނީ 14 އަހަރު. މިހާރު އަހަރެން މިހުރީ އެ އައިޑަލްގެ ކޯޗުކަމުގައި އަހަރެން މިހާރު މިކުޅެނީ ފްރާންސަށް. އެއީ ފިލްމްތަކުގައި ހިނގާ ކަހަލަ ކަންކަން. އެއީ ފުޓުބޯޅައިގެ އައިކަންއެއް،" އެމްޕާބޭ ބުންޏެވެ.
ޒިދާންއާއެކު ފްރާންސުން ފުރަތަމަ މެޗުތަކަށް ނުކުންނަން ތައްޔާރުވާ އިރު، އެޓީމުން ފުރަތަމަ ކުޅޭ މެޗަކީ ނޭޝަންސް ލީގުގައި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެފަހުން ބެލްޖިއަމް އަދި އިޓަލީއާ ދެކޮޅަށްވެސް ފްރާންސުން ކުޅޭނެއެވެ.
އެމްބާޕޭ ބުނީ މިއީ ފްރާންސްގެ މުޅިން އާ ދައުރެއްގެ ފެށުން ކަމަށާއި، ކޯޗު ބަދަލުވުމުން އެ ބަދަލު ޓީމުން ފެންނާނެ ކަމަށެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް
ކޮމެންޓް