ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ސްޓޭޖުގައި ރޭ ފްރާންސުން ކުޅުނު މެޗުގައި އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ.
ފްރާންސުން ކޯޗު ޒައިނެއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ތުރުކީ ބަލިކުރީ 1-0 އިންނެވެ. އެމެޗު ކުޅެނީ ތުރުކީގައެވެ.
މެޗު ވެގެން ދިޔައީ ފްރާންސަށް އެހާ ފަސޭހަ މެޗަކަށް ނޫނެވެ. ދާދިފަހުން ވޯލްޑް ކަޕްގެ ފެއިލިއާއާ ކުރިމަތިވި ތުރުކީން މެޗު ފެށީ ރަނގަޅަށެވެ. ހަތަރު ވަނަ މިނެޓުގައި ބާރިސް އަލްޕާ ޔިލްމާޒް ފޮނުވާލި ހަމަލާ ދިފާއުކުރީ ފްރާންސްގެ ކީޕަރު މައިކް މެންޔޯންއެވެ. އޭގެ އިރުކޮޅެއް ފަހުން ކޭން އުޒުން ފޮނުވާލި ހަމަލާވެސް ކީޕަރު މަތަކުރި އިރު، އޭގެ ކުރިން އޮތީ އޮފްސައިޑަށް ދިދަ ނަގައިފައެވެ.
ފުރަތަމަ ހާފުގައި ފްރާންސްގެ ހަމަލާތަކަށް ބަލާ އިރު، އެމްބާޕޭ ފޮނުވާލި ހަމަލާއެއް ވަނީ އަރިމަތިން ބޭރަށް ގޮސްފައެވެ. ރަޔަން ޗާކީ ތިރިން ފޮނުވާލި ހަމަލާ ބްލޮކް ކުރީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރަލް އެވެ. އޭގެ އިތުރުން މައިކަލް އޮލީސޭ ފޮނުވާލި ހަމަލާ މަތަކުރީ ތުރުކީ ކީޕަރު އުގާޗޭން ސާކިރެވެ.
މެޗުގެ ފަހުކޮޅުގައި ތުރުކީ ކީޕަރު ސާކިރު، އޭރިއާ ބޭރުން ބޯޅައިގައި އަތުން ޖެއްސުމުން އޭނާއަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ.
ދެވަނަ ހާފަށް ނުކުމެ އެމްބާޕޭ ގޯލް ޖަހައިދިނީ 54 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ތުރުކީ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައިގައި އޮލީސޭ އަވަސްކޮށް ދުއްވާލި ބޯޅަ ގޯލަށް ވައްދާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ. އެ ގޯލް ޖެހުމުގައި އެމްބާޕޭއަށް އަނިޔާވެފައިވާ އިރު، ފަސް ވަރަކަށް މިނެޓް ފަހުން އެމްބާޕޭ ބާލަން ޖެހިފައިވެއެވެ. ބަދަލުގައި ކުޅެން ނުކުތީ ޑަސައިރޭ ޑޫއޭ އެވެ.
ބެލެވޭ ގޮތުގައި އަނިޔާވީ އެމްބާޕޭގެ ކަކުލަށެވެ. އަދި ދަނޑުމަތީގައި ފަރުވާ ދީފައިވާ އިރު، އެ އަނިޔާގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
މެޗުގައި ތުރުކީން ގޯލެއް ޖެހޭތޯ އިތުރު މަސައްކަތްތަކެއް ކުރި ނަމަވެސް، ފްރާންސް ކީޕަރު މެންޔޯން ވަނީ އެ ހަމަލާތަކަށް ހުރަސް އަޅައިފައެވެ.
އިޓަލީއާއި ބެލްޖިއަމް ނޭޝަންސް ލީގު އޭގައި ރޭ ވާދަކޮށްފައިވާ އިރު، އެމެޗު ބެލްޖިއަމުން ކާމިޔާބުކުރީ 2-0 އިންނެވެ. ގޯލްތައް ޖަހައިދިނީ މިކާ ގޮޓްސްއާއި ޑޯޑީ ލުކެބާކިއޯއެވެ. ޔޫއެފާ ނޭޝަންސް ލީގު ބީގައި ރޭ ޖޯޖިއާއިން ނޮދާން އަޔަލޭންޑް ކައިރިން 1-0 އިން ބަލިވި އިރު، ހަންގޭރީ ވަނީ 1-0 އިން ޔުކްރެއިން ކައިރިން ބަލިވެފައެވެ. އަދި ޕޮލެންޑާއި ބޮސްނިއާ މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު، ސްވިޑެން ވަނީ 2-1 އިން ރޮމޭނިއާ ބަލިކޮށްފައެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ކޮމެންޓް