ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނުގައި އިތުރު ފޯވަޑެއް ހޯދަން ބޭނުންވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގު ބުނެފިއެވެ.
މި ސީޒަނަށް ތައްޔާރުވާން ޔުނައިޓެޑަށް ފޯވަޑަށް ގެންދިޔަ ނަމަވެސް އެޓީމުގެ ގޯލު ޖެހުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ސީޒަނުގެ ލީގުގައި ބާކީ ހަތް މެޗު އޮތް އިރު، ޔުނައިޓެޑަށް އަދި ޖެހުނީ 45 ގޯލެވެ. އެއީ ގަދަ 10 އެއްގައި ހިމެނޭ ޓީމުތަކަށް ބަލާއިރު، އެންމެ ދަށް އަދަދެވެ.
ޓެން ހާގު ބުނީ ސީޒަން ފެށި އިރު ހީކުރީ އެކަށީގެންވާ ވަރަށް ގޯލު ޖެހޭނެ ކަމަށާއި ނަމަވެސް، މި ސީޒަނުގައި ޔުނައިޓެޑަށް ގޯލު ޖަހަން އުނދަގޫތަކެއް ދިމާވި ކަމަށެވެ. ގޯލު ޖެހުމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ފޯވަޑެއް ބޭނުންވޭތޯ އެހުމުން ޓެން ހާގު ބުނީ، އެއީ އެހީއަކަށް ވާނެ ކަމަށެވެ.
"އަހަރެމެންނަށް އެބަ ޖެހޭ އިތުރު އޮޕްޝަންތަކެއް ހޯދަން. އިތުރު ފޯވަޑެއް ހޯދުންވެސް އެއީ އަންނަ ސީޒަނަށް އެހީއަކަށްވާނެ. ކޮންމެ މަގާމަކަށް ރަނގަޅަށް ވާދަކުރާ އިތުރު ކުޅުންތެރިޔަކު ހުރުން އެއީ ޓީމުގެ މަސައްކަތު ރޭޓަށް އަންނާނެ ހެޔޮ ބަދަލަކަށްވާނެ،" ޓެން ހާގު ބުންޏެވެ.
ޓެން ހާގު ބުނީ ފޯވަޑްގެ މަގާމާއި ވާތް ފަޅިން ފަހަތަށް ކުޅޭ ޑިފެންޑަރުގެ މަގާމަށް މި ސީޒަނުގައި ގޮތް ހުސްވި ކަމަށާއި އެ މަގާމުތަކަށް އިތުރު އޮޕްޝަންތައް ނެތުމުން އޭގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ.
ޔުނައިޓެޑުން މި ސީޒަނަށް ގެންގޮސްފައިވާ ފޯވަޑަކީ ޑެންމާކު ފޯވަޑް ރަސްމުސް ހޮއިލުންޑެވެ. ޔުނައިޓެޑުން އެޓަލާންޓާއިން 72 މިލިއަން ޕައުންޑްގެ އަގަކަށް ހޮއިލުންޑް ގެންގޮސްފައިވާ އިރު، އުމުރުން 21 އަހަރުގެ ފޯވަޑް ވަނީ 13 ގޯލު ޖަހައިފައެވެ. އެއީ 34 މެޗުންނެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް