ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދިނުމަށް ޕީޕީއެމް/ޕީއެންސީ، ކޯލިޝަނުން އެދެމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އިބުރޭ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން އެގޮތަށް އެދުނީ އެ ކޯލިޝަންގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން މިނިސްޓަރުގެ މަގާމަށް އައުމަށް ބޭނުންވާތީ ކަމަށެވެ. ނަމަވެސް ރުހުންދޭނެ ވަޒީރުންނާއި ނުދޭނެ ވަޒީރުން ނިންމާނީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާއިރު، އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާލައިފައެވެ. ނަމަވެސް އެ ފަހުން، އަދިވެސް އެ މަސައްކަތް ފަށައިފައެއް ނުވެއެވެ.
ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ބައެއް އެމްޑީޕީ މެމްބަރުން ވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު