ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި އިންޓަ މިލާނާއި އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާއާއި ނަޕޯލީ ވާދަކުރަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ގުރުއަތު ނެގުން މިއަދު ބާއްވާފައިވާ އިރު، މިސީޒަނުގެ ނޮކްއައުޓް ބުރުގެ ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 13-14 އަދި 20-21 ގައެވެ. ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މާޗު މަހުގެ 5-6 އަދި 12-13 ގައެވެ.

ވަރުގަދަ މެޗުތަކުގެ ގޮތުގައި މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި އިންޓައިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަ މެޗުގެ އިތުރުން މިދިޔަ ސީޒަނުގައި އިޓަލީ ލީގު ނެގި ނަޕޯލީއާއި އެންމެފަހުގެ ސްޕެނިޝް ލީގު ޗެމްޕިއަން ބާސާ ވާދަކުރަން އޮތް މެޗުތައް ފާހަގަކޮށްލެވެއެވެ.

ރެކޯޑު 14 ފަހަރަށް މުބާރަތް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން އާރްބީ ލެއިޕްޒިގާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، އެންމެފަހުގެ ޗެމްޕިއަން ސިޓީއަށް ލައްވާލީ އެފްސީ ކޯޕަންހޭގަންއެވެ.

މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް، އަންނަ އަހަރުގެ ޖޫން އެއްވަނަ ދުވަހު އޮންނާނީ އިނގިރޭސިވިލާތުގެ ވެމްބްލޭގައެވެ.

  • ޕޯޓޯ - އާސެނަލް
  • ނަޕޯލީ - ބާސެލޯނާ
  • ޕީއެސްޖީ - ރެއާލް ސޮސިއެދާދު
  • އިންޓަ މިލާން - އެތުލެޓިކޯ މެޑްރިޑް
  • ޕީއެސްވީ - ބްރޫޝިއާ ޑޯޓުމަންޑް
  • ލާޒިއޯ - ބަޔާން މިއުނިކް
  • ކޯޕަންހޭގަން - މެންޗެސްޓާ ސިޓީ
  • އާރްބީ ލެއިޕްޒިގް - ރެއާލް މެޑްރިޑް