ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާލޭގައި ދަމައިފައިވާ ދިދަތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން އެ ދިދަތައް ނެގުމުގެ މަސައްކަތް ފެށި މިއަދުއެވެ.
އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީ އަދި އެ ޕާޓީއާއެކު ކޯލިޝަން ހަދައިފައިވާ ޕާޓީތަކުގެ ދިދަތަކާއި ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ދިދަތައް ވަނީ މާލޭގެ މަގުތަކުގައި ދަމައިފިއެވެ.
އެންމެ ގިނައިން މަގުތަކުގައި ދިދަ ދަމާފައިވަނީ ޕީޕީއެމް އަދި އެމްޑީޕީންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ އިންތިހާބުގެ 45.26 ޕަސަންޓު ކާމިޔާބު ކުރައްވައިފައެވެ. އެއީ 101,394 ވޯޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ 85,698 ވޯޓެވެ. އެއީ 38.25 ޕަސަންޓެވެ.
ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 129،159 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 109،868 ވޯޓެވެ.
ރައީސް ސޯލިހާއި މުއިއްޒާ ދެމެދުގައި 19،291 އަށްވުރެ ގިނަ ވޯޓުގެ ތަފާތެއް އޮތް ކަމަށް ނަތީޖާ އިން ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު