ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ކެންޑިޑޭޓް، ޒީނާ އަހްމަދު ޕީއެންސީއަށް މިރޭ ސޮއިކުރައްވައިފިއެވެ.
ޒީނާ، ޕީއެންސީއަށް ސޮއިކުރެއްވީ މިރޭ ޕީއެންސީ އޮފީހުގައި ބޭއްވި ހަފުލާއެއްގައެވެ. ޒީނާވަނީ އޭނާގެ ފޯމު އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކުރައްވާފައެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ތިނަދޫގެ ބައި-އިލެކްޝަނުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް، ޒީނާ މި އިންތިހާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ފުރިހަމަ ތާއީދާ އެކުގައި ކަމަށެވެ.
ޒީނާ މި ގޮނޑި ކަށަވަރުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށެވެ.
ކޮމެންޓް