އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މާލެއަތޮޅު ފިޔަވައި އެހެން އަތޮޅުތަކަށް މިއަދު ހެނދުނު ތަކެތި ފޮނުވަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލެ އަތޮޅަށް ތަކެތި ފޮނުވާނީ މާދަމާ ކަމަށެވެ.
"ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން. އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު. އަތޮޅުތަކަށް ފޮނުވޭ ތަކެތި މާދަމާ ހެނދުނުން ފެށިގެން، އަތޮޅުގެ އެހެން ހުރިހާ ރަށަކަށް ފޮނުވޭނެ،" ހަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްދާ ފުލުހުން ވެސް މިއަދު ވަނީ ރަށްރަށަށް ދިއުމަށް ފުރައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިންތިހާބުގެ ވޯޓާސް ލިސްޓުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 282،804 މީހަކަށް ކަމަށެވެ. ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.
އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ އިރު، ފުރަތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. އެއީ ޖުމްލަ 586 ވޯޓު ފޮއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު