އަންނަ 2027 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133.5 މިލިޔަން ރުފިޔާގެ ބަޖެޓް އެ އޮފީހަށް ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދެންމެ ފާސް ކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށްފަހުގައެވެ.

ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.

ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން މަންދޫހު ވިދާޅުވީ، އަންނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޭން ކަނޑައަޅައި ކޮމިޓީން ފާސްކޮށްފައިވާ މަޖެޓަކީ މިއަހަރަށް ފާސް ކުރި ބަޖެޓަށްވުރެ ހަ މިލިޔަން ރުފިޔާ މަދު ބަޖެޓެއް ކަަމަށެެވެ.

އެގޮތުން އަންނަ 2027 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް 2027 ވަަނަ އަހަރަށް ޖުމުލަ 133،590،265 ރުފިޔާގެ ބަޖެޓެއް ދޭން މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.

އެއީ އޮފީހުގެ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދަށް ޖުމްލަ 90،900،265 ރުފިޔާ އަދި ހުޅުމާލޭގައި ހަދާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އޮފީސް އިމާރާތުގެ ހަރަދުގެ ގޮތުގައި 43،500،000 ރުފިޔާ، އެކު ޖުމްލަ 133،590،265 ރުފިޔާއެވެ.

މި ހިނގާ 2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓް ކުޑަކުރަން އޭރުގެ ފިނޭންސް މިނިސްޓަރު ހުށަހަޅާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.

އޮޑިޓް އޮފީހުގެ ބަޖެޓަކީ ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހެޅުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީން ފާސް ކުރުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހަޅައި މި ބަޖެޓް މަޖިލީހުން ފާސްކުރާނެއެވެ.