ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ތަރުޖަމާނު، އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ސޯލިހު ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމުހޫރީ ޕާޓީން ވަނީ ނިންމައިފަ އެވެ. އެ ޕާޓީގެ މެންބަރުން، ފަރުދީ ގޮތުން، ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އެ މެންބަރުން ލިބިގެންވާ ކަމަށް ވެސް ގާސިމް ފަހުން ވަނީ ވިދާޅުވެފަ އެވެ.
"ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ސޯލިހު މިއަދު ވިދާޅުވީ މި ވަގުތުގެ ހާލަތަށް ބަލާއިރު، ރާއްޖެއަށް އޮތް އެންމެ ރަނގަޅު ޗޮއިސް އަކީ ރައީސް އިބޫ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ތާއީދު ކުރައްވަނީ ވެސް އަދި މަސައްކަތް ކުރައްވާނީ ވެސް އިބޫއަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވަން ކަމަށެވެ.
"މާ ގިނަ ސުވާލެއް ނެތްދެއްތޯ! ކޮންމެ ގޮތެއްވެސް ވިޔަސް އަނިޔާވެރިކަމަށް އަނބުރާ ނުދެވޭނެ." އަލީ ސޯލިހު ވިދާޅުވި އެވެ.
ޖުމުހޫރީ ޕާޓީން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ރަސްމީކޮށް ނިންމުމާ ގުޅިގެން، ގާސިމް އިބްރާހީމްގެ އެޑްވައިޒަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ކުރީގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދު ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމެވިކަން އިއުލާނު ކުރައްވައިފަ އެވެ. ރިޔާޒް ރަޝީދު އެކަން އިއުލާނުކުރެއްވީ މިއަދު އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު