މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށާއި އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒު ޝަރީފާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒު ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރުގެ ގެކޮޅުގައި އޮތް ރަސްމިއްޔާތެއްގައި ދެ ބޭފުޅުން ގުޅިގެން ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ ބޭރު ދުނިޔޭގެ އެކި ކަންކަމާ ގުޅޭ ގޮތުން ދެގައުމުގެ ވިސްނުން އެއްގޮތް ކަމަށާއި އެގޮތުން އދ. އާއި އޯއައިސީ އަދި އެހެންވެސް އިތުރު ފޯރަމްތަކަށް ހުށަހެޅޭ މައްސަލަތަކުގައި ދެގައުމުގެ ހިޔާލު އެެއްގޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭން ފަލަސްތީނާ އެކު އަބަދުވެސް އޮންނާނެކަމުގެ ޔަގީންކަން އަރުވާފައިވާނެ ކަމަށެވެ. އަދި އެގައުމަށް އެހީތެރިވުމަށް
ރައީސް ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިމުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން އުފައްދާ ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތަކަށް ރާއްޖެއިން ކުރާ ތާއީދު ތަކުރާރުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ޕާކިސްތާނުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެ ހަމަނުޖެހުންތައް ހުއްޓުވުމަށާއި އެހީ އާއި ހަމަޖެހުން ގާއިމް ކުރުމަށް ވާހަކަތައް ބާއްވައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް