ހިޔާ ފްލެޓްގެ ކުލި 5،600 ރުފިޔާއަށް ކުޑަކުރަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ހުޅުމާލެ ފޭސް ދޭކަަށް ވަޑައިގެން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމާފައިވަނީ ކުލީގެ ގޮތުން ހިޔާ ފުލެޓުން 5،600 ރުފިޔާ ނެގުމަށް ކަމަށެވެ.
"މިތަނުގެ އަގު ރައީސް ޔާމީންގެ ޒައާމަތުގައި ނިންމެވީ 5،600 ރުފިޔާ. ދެން މި ސަރުކާރުން މިހާރު އިންތިހާބާ ކައިރިކޮށް އަގު ކުޑަކުރި ވާހަކަ ނޫނީ ކުރާ ވާހަކައެއް ދެއްކި، ކުރިކަމެއް ނޭނގެ، ނުކުރޭ ދެއްތޯ؟ އެހެންވީމާ ކަޑަ ޖަހާ އުސޫލުންވެސް އެކަންވެސް މި ދިޔައީ. އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ އަގަށް 5،600 ރުފިޔާއަށް އިރާދަކުރެއްވިއްޔާ ކުޑަކޮށްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މީގެ ކުރީން ވަނީ، ހިޔާ ފުލެޓުގެ ފިނިޝިންއަށް ދިޔަ ހަރަދުގެ ގޮތުގައި 200،000 ރުފިޔާ ދޭނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު