މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް މ. އަހުލިހަ، މުހައްމަދު އަރީޝް އައްޔަންކޮށްފައިވާކަން އިއުލާންކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރަށް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަރުކަމަށް އިންތިހާބުވެވަޑައިގެންނެވި ނަމަވެސް، ފަހުން އަރީޝް ވަނީ ވެރިކަން ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު އޭނާ މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވިއެވެ.
މިއަހަރު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ވެސް މާލޭ ސިޓީގެ ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި އަރީޝް ވާދަކުރެއްވިއެވެ. ނަމަވެސް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވުމާއެކު، ދެން ވަޑައިގެންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަކަށެވެ.
ޕީސީބީން މިއަދު ވަނީ އެމްޕީއެލްގެ އިތުރުން އެސްޓީއޯ އަދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑަށް ވެސް ޑިރެކްޓަރަކު އައްޔަންކޮށްފައެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ގ. މާޅިކަ، އަހުމަދު އިމްދާހު މުހައްމަދު އައްޔަންކުރި އިރު، ސްޓޭޓް ފާމާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރީ އިސްމާއިލް ފަރުހާދު އަހުމަދެވެ.
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް