މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދޭއިރު ވިސްނަންވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރައްކާތެރިކޮށް އެކަމުގެ ދިފާއުގައި ވޯޓު ދިނުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުގެ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ގައުމުގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންނަށް ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުކަމުން މާދަމާ ވޯޓު ލާއިރު، އެ ވޯޓަކީ މުޅި ގައުމުގެ ހައްގުގައި ދޭ ވޯޓަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ތެދުވުމުން ޖަލަށްލާފައިވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރާނީވެސް އެ ގައުމީ ޖޯޝުގައި ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު އަނދަވަޅަކަށް ވެއްޓި، ބޭރުގެ އެކި ގައުމުތަކަށާއި މާލީ އިދާރާތަކަށް ދައްކަންޖެހޭ ދަރަނި 123 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އެތެރޭގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ފައިސާ ޗާޕުކުރީ، އިގުތިސޯދުގެ ތެރޭގައި ފައިސާ ނެތިގެން ނޫން ކަމަށާއި އޭނާގެ ވެރިކަމެއްގައި ދައުލަތުގެ ހަރަދު ކުޑަކޮށް، ފައިސާ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރުން ދޫކޮށްފައިވާ ރަށްރަށުގައި ރިސޯޓު ހެދިފައިނުވާ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ ރަށްރަށުގައި ރިސޯޓު ހަދަން ލުއިތަކެއް ދޭނެ ކަމަށެވެ. އަދި މަސްވެރިންކަމުގެ ސިނާއަތް ކޮޅަށް ޖަހައި، މަސްވެރިކަމަކީ ބޭންކުތަކުން ވަޒީފާއެއްގެ ގޮތުގައި ބަލައިގަންނަ އިންޑަސްޓްރީއަކަށް ހަދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު