ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް، ލައިޓް ރޭލް ތައާރަފު ކުރުމަށް އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ގްރޭޓާ މާލެ މެނިފެސްޓޯ ލޯންޗުކުރީ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ބޮޑު ކެމްޕެއިން ޖަލްސާގައެވެ.
އެ މެނިފެސްޓޯ ބަހާލާފައިވަނީ މައިގަނޑު ތިން ސިޔާސަތެއްގެ މައްޗަށެވެ. އެއީ މާލީ ބުރައަކަށްނުވާ ގެދޮރުވެރިކަން، ކާރުބާރޫ ބޮޑު މަގުތަކުން މިންޖުވުން އަދި ފެންވަރު ރަނގަޅު ދިރިއުޅުމެވެ.
"ކާރޫބާރޫ ބޮޑު މަގުތަކުން މިންޖުވުން"ގެ ސިޔާސަތުގެ ދަށުން 10 ކަމެއް ކުރަން ރާވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޕެޑެސްޓްރިއަލް ފްރެންޑްލީ ރޯޑްސް ތަރައްގީކުރުން
- މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން
- މާލެ ސަރަހައްދުގައި ވެހިކަލް ފޭސްއައުޓް ކުރުމަށް ޕަބްލިކް ޓްރާންސްޕޯޓަށް އަހުލުވެރިކުރުން
- މާލެގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ތައާރަފުކުރުން
- ސްކޫލް ދަރިވަރުންނަށް ހާއްސަ ސްކޫލް ބަސް ތައާރަފުކުރުން
- ދުވަސްވީ ވެހިކަލް މަދުކުރުމަށް ޕަބްލިކް ޓްރާންސްޕޯޓަށް ރިބޭޓް ނިޒާމެއް ގާއިމުކުރުން
- މާލެ ސަރަހައްދުގައި ބޭނުންކުރެވޭނެ އުޅަނދު ލިމިޓް ކުރުން
- 4 ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ފެސިލިޓީ ހެދުން
- މޮޓޯ ސައިކަލްތަކަށް ހާއްސަ ނެއިބާހުޑް ޕާކިން ތައާރަފުކުރުން
- ޓްރެފިކް އެންފޯސްމަންޓް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު