ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް، ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދޯނި ދިޔަވަމުންދަނީ އެ ރަށާ ގާތްގަޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 15:08 އެހާކަންހާއިރުކަމަށް ފުލުހުން ބުންޏެވެ.

އެ ދޯނިން ދަތުރު ކުރަމުން ދިޔައީ ހަތަރު ދިވެހިންނާއި ބިދޭސީއެއްކަމަށް ފުލުހުން ބުންޏެވެ. އެ ދޯންޏާއި، މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.