ދިރާގުން އެންމެ ފަހުގެ ބާގަންޑީ ކުލައިގެ އައިފޯން 18 ޕްރޯ މެކްސް ފޯނެއް ހޯދުމުގެ ފުރުސަތު ލިބޭ ޓިކްޓޮކް ގިވްއަވޭއެއް ހުޅުވާލައިފިއެވެ.
މި ގިވްއަވޭ މެދުވެރިކޮށް އެންމެ ފަހުގެ ޕްރީމިއަމް ސްމާޓްފޯނެއް ހޯދުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށްޓަކައި ޓިކްޓޮކްގައި ދިރާގުގެ އެކައުންޓް ކަމަށްވާ "ދިރާގުފޭންސް" އަދި އެ ކުންފުނީގެ އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސް އެކައުންޓް ފޮލޯކުރަން ޖެހެއެވެ. އޭގެ އިތުރުން، ދިރާގުގެ ރަސްމީ ގިވްއަވޭ ޕޯސްޓަށް ކޮމެންޓްކޮށް ދެ އެކުވެރިން ޓެގްކުރަން ޖެހޭއިރު، ޓެގްކުރާ ދެ އެކުވެރިންނަކީވެސް ދިރާގުގެ އެކައުންޓް ފޮލޯކުރާ ދެ މީހުންނަށް ވާންޖެހެއެވެ.
ދިރާގުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިފަދަ ހަރަކާތްތައް މެދުވެރިކޮށް އެ ކުންފުނިން މަސައްކަތްކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް