ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދެވި ކެމްޕެއިން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހު އެންމެފަހުން ކެމްޕޭނަށް ފުރާވަޑައިގަތީ އިއްޔެ ހެނދުނު، އއ. އަތޮޅަށެވެ. އެ ދަތުރުފުޅުގައި އިއްޔެ އެކަނިވެސް އެ މަނިކުފާނު ވަނީ ހަތް ރަށަކަށް ވަޑައިގެންފައެވެ. ރައީސް ސޯލިހުގެ ދަތުރުފުޅުތައް ކުރިން ރޭވިފައިވާ ގޮތުން އެ މަނިކުފާނު މިއަދު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ އދ. އަތޮޅުގެ ރަށްތަކެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކެމްޕޭން ދަތުރު ކުރުކޮށްލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީއެވެ.
ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ރައީސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުނެވެ. އެގޮތުން އިޖުތިމާއީ އިގުތިސޯދީ އަދި ރަށުގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގަންނަވައެވެ.
ރައީސް ސޯލިހު ވަނީ ކެމްޕޭނަށް ށ. އަތޮޅު، ހއ. އަތޮޅު، ވ. އަތޮޅު، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ، ނ. އަތޮޅު، ދ. އަތޮޅު ގދ. އަތޮޅު އަދި ގދ. އަތޮޅަށް ވަޑައިގެންފައެވެ. ރައީސް ސޯލިހަކީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ރަށަށް ވަޑައިގެންނެވި ކެންޑިޑޭޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު