ހަގީގީ ބޮޑުތިލަދުންމަތި، ބޮޑުތިލަދުންމަތީގެ ގޮތުގައި ފެންމަތިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ރައީސް ސޯލިހާއި އެ މަނިކުފާނާ އެކު ކޯލިޝަން ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިން ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ބޮޑުތިލަދުންމައްޗަށް، އެ ނަން ކިޔަނީ ބޮޑުވެގެން ނޫން ކަމަށާއި އެއީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އޮޅުވާލަން ކުރީގެ ވެރިކަންތަކުން ކިޔާ ނަމެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހަނިމާދޫ އެއާޕޯޓުގައި ފުލައިޓެއް ޖެއްސުމަށްފަހު، އެ ތަނުގެ ނަން އިންޓަނޭޝަނަލް ކުރެއްވި ކަމަށެވެ. އެއީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ހައްދަން ކުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެހެނެއް ނޫން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ތިމަން މަނިކުފާނު ބޭނުމީ ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކޭ. މިހާރު އެހެރަ ދަނީ ހެދެމުން. އަބްދުއްގަފޫރު މޫސާ ވިދާޅުވިހެން ލަންޑަނުގެ އެއާޕޯޓުން ނައްޓާލާ މީހާގެ ޖީބުގެ އިންނާނެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށޭ ތިމަންނަ މިދަނީ. އެއީ ހަގީގީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތިލަވަމުން އެ އަންނަނީ. އެއީ އަންނަ ތިލަވުމަކީ،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހު ކަންތައް ކުރައްވަނީ ހިސާބު ޖެއްސެވުމަށްފަހު ކަމަށާއި އެ މަނިކުފާނަށް މަލާތްކުރާ މީހުންވެސް އެ ހިސާބުތައް ބަލާލަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު