ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކޮށްލަން ކެރޭނެ އެއްވެސް މީހަކު ނުފެންނަ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ށ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވީ, ކޮވިޑަށް ގެއްލުނު ދެ އަހަރު ކެނޑުމަށްފަހު, މި ސަރުކާރަށް ލިބުނު ތިން އަހަރު ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ.
އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ފަސް އަހަރުގެ ތެރޭގައި މިދިޔަ 50 އަހަރު ރާއްޖެއަށް ނުގެންނަހާ ތަރައްގީ ގެނެސް ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ އެހެން އެއްވެސް ސިޔާސީ ވާދަވެރި އެއްވެސް ލީޑަރެއް. ވާދަކޮށްލަން ކެރޭނެ އެއްވެސް މީހަކު ނުފެނޭ. އަދި ތިބީ ފިލާ. އަދި އެ މީހުން ފާޅެއް ނުވޭ. ފާޅުވާއިރު އަންނަނީ ކޮން އެއްޗެއްތޯ ބަލާލަންވެސް ބޭނުންވޭ," ސިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, ދައުލަތަށް ލިބޭ ފައިސާއަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި އަމާނާތްތެރިކަމާއެކު އެ ފައިސާ ހަރަދުކުރާ ނަމަ މުޅި ރާއްޖެ ތަރައްގީކުރޭކަން މި ދައުރުގެ ތެރޭގައި ފެނިގެން ގޮސްފި ކަމަށެވެ.
އެހެންކަމުން ގޮތް ނޭނގޭ މީހެއް ތަޖުރިބާ ކުރުމެއް ބޭނުމެއް ނެތް ކަމަށާއި ފުރިހަމަ ތަރައްގީ ބޭނުންވާ ނަމަ ރައީސް ސޯލިހު ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު