ޕީޕީއެމާއި އެމްއާރުއެމްއާ ވާހަކަދައްކައިގެން، އެ ޕާޓީތަކުން ބޭނުންވާ ނަމަ އިދިކޮޅުން އެއް ކެނޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ނަޝީދު އެއްބަސްވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ތިން ބޭފުޅުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، އެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރިޔާސީ އިންތިހާބަށް އެންމެން އެކުގައި އެއް ކެނޑިޑޭޓަކު ނެރެންގެން މަސައްކަތް ކުރުމުގެ ފޯމިއުލާއެއް އޮތްތޯ ބެލުމަށް ކަމަށެވެ.
"އިން ޕްރިންސިޕަލް އަޅުގަނޑުމެންނަށް އެކަމަށް އެއްބަސްވެވިއްޖެ، ތިން ޕާޓީންވެސް ވާހަކަ ދައްކައިގެން އަދި ޕީޕީއެމްއާވެސް ވާހަކަ ދައްކައިގެން އެމްއާރުއެމްއާވެސް ވާހަކަދައްކައިގެން އެއް ކެނޑިޑޭޓަކު ނެރެން އަޅުގަނޑުމެނަށް އެއްބަސްވެވެންޏާ އެގޮތަށް ދިއުމަށް އަޅުގަނޑުމެން ތިން ޕާޓީގެ އިސް ބޭފުޅުންނަށް އެއްބަސް ވެވިއްޖެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމު ވިދާޅުވީ، ދެން ވާހަކަދެއްކުން އޮތީ، ޕީޕީއެމްއާއި އެމްއާރުއެމް އާއެކު ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ނުކުމެ ހުންނެވިޔަސް ޕާޓީތަކަށް އެއް ކެނޑިޑޭޓަކު ނެރެން އެއްްބަސްވެވޭ ނަމަ އެ ކެނޑިޑޭޓަށް ފުރުސަތު ދެއްވުމަށްފަހު ފަހަތަށް ޖެހިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޕާޓީތަކާ ވާހަކަދައްކައިގެން އެއް ކެނޑިޑޭޓަކާ އެކުގައި ރިޔާސީ އިންތިހާބަށް ނުކުމެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު