ރިޒާވް ލިސްޓުގެ ތަރުތީބުން ހިޔާ ފުލެޓުގައި ހުސްކޮށް ހުރި 145 ފުލެޓް ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް އެގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން ދެއްވި ލަފާފުޅާއެކު ކަމަށެވެ.
އެ ނިންމެވުމުގެ އިތުރުން ވަޒީރުންގެ ލަފާފުޅާއެކު ރައީސް ސޯލިހު ވަނީ، ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު މީހުންނަށް ފްލެޓް ހަވާލުނުކުރާ ގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެ ކެޓަގަރީން ފްލެޓް ހަވާލުނުކޮށް ތިބި 45 މީހަކަށް ފެލެޓް ހަވާލުކުރުމާ މެދުވެސް ގޮތެއް ނިންމަވައިފައެވެ.
އެގޮތުން ރައީސް ނިންމެވީ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި ހިމެނޭ އެ 45 މީހުންނަށް ފްލެޓް ހަވާލުކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު