ކުރިއަށް އޮތް ރިޔާސީ އިންތިހާބާއެކު، ސިޔާސީ މަސައްކަތްތައް ކުރުމަށް، ސަރުކާރު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަދިވެސް އިދިކޮޅު ޕީޕީއެމް އާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށާއި، ނަމަވެސް ޖޭޕީއާއެކު ސިޔާސީ މަސައްކަތް ކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް، ޕީޕީއެމްގެ މަޖިލިސް މެންބަރު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، ޕީޕީއެމްއަށް އެކުގައި ސިޔާސީ މަސައްކަތްތައް ކުރެވޭނީ، އެ ޕާޓީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ ފުށުނާރާގޮތަށް ސިޔާސަތުތައް ބައްޓަން ކޮށްފައިވާ ފަރާތްތަކާއެކުގައި ކަމަށެވެ.
ތޯރިގު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރުގަދަ ސިޔާސީ ލީޑަރެއް ނޫންކަމަށާއި، އެހެންކަމުން އެ މަނިކުފާނަކީ މި އަހަރު ބާއްވާ، ރިޔާސީ އިންތިހާބުގައި މާ މައްޗަށް ކާމިޔާބު ހޯއްދެވިދާނެ ބޭފުޅެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
އެހެންކަމުން "ސިޔާސީގޮތުން ސަރުކާރާއެކު އެއްދާންކުރަމުންދާ ބައެއް ޕާޓީތަކުން މިއަދު ރައީސް ސޯލިހު ދޫކުރައްވައި ނިކުންނެވުމުގެ މަރުހަލާގައި އެ އުޅުއްވަނީ،" ޖުމްހޫރީ ޕާޓީއަށް ނިސްބަތް ކުރައްވައި ތޯރިގު ވިދާޅުވިއެވެ.
ނަމަވެސް "އަޅުގަނޑުމެން އެބޭފުޅުންނާއެކު ސިޔާސީ މަސައްކަތް ކުރާގޮތަށް މިތިބީ، އެކަމު ފުރަތަަ ސަރުކާރުގައި ތިބި މިނިސްޓަރުން އިސްތިއުފާ ދެއްވައިފަ، އެބޭފުޅުން ސަރުކާރުން ނިކުންނަވައިފަ އަޅުގަނޑުމެންނާއެކު ސިޔާސީ މަސައކަތް ކުރެއްވުމަށް ގޮވާލަން،" ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު