ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަންކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާލާފައިވަނީ، އެލްޖީއޭގެ ބޯޑުގައި މަދަނީ ޖަމްއިއްޔާތައް ތަމްސީލު ކުރައްވާ މެންބަރުގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން ފޯމު ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި ކަމަަށެވެ.
ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަސް ކަމަށާއި، މިއަދުން ފެށިގެން އެ މުއްދަތު ހަމަވަންދެން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އާ ދެމެދު އެ އޮފީހަށް ފޯމު ބަލައިގަންނަމުން ގެންދާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކައުންސިލްތަކުގެ ހިންގުން ބަލައި، އެ ތަންތަން ޒިންމާދާރުކުރުވުމުގެ އެންމެ މަތީ ޒިންމާ އުފުލާ އިދާރާއަކީ އެލްޖީއޭއެވެ. މި ވަގުތު އެ އޮތޯރިޓީގެ ބޯޑުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި އޮތޯރިޓީގެ ސީއީއޯގެ މަގާމުގައި ހުންނެވީ މުހައްމަދު ނިމާލެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް