"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހުކުރުމަށް މިނިސްޓްރީތަކުން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ފިނޭންސް މިނިސްޓްރީގެ އިސްވެރިންނަށް އަމާޒުކޮށްގެން އިއްޔެ ބާއްވައިފިއެވެ.
އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ފިނޭންސް މިނިސްޓްރީގައި ކުރިއަށްދިޔަ މި މައުލޫމާތު ސެޝަންގައި ވަނީ މި ހާއްސަ ގައުމީ ކެމްޕެއިނާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށް، މަޝްރޫއުގެ ލަނޑުދަނޑިތަކަށް ބައިވެރިން އަހުލުވެރިކުރުވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ފުޅާ ކެމްޕެއިނެކެވެ. މި މަޝްރޫއުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އިހުތިރާމުގެ އުފާ މުޖުތަމައުގެ ނަފާ" އެވެ.
ސަރުކާރުން މި ކެމްޕެއިން ފެށުމަށް ނިންމި މައިގަނޑު ސަބަބަކީ ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި އިޖުތިމާއީ ފޭރާން ހީނަރުވެ، ޒުވާނުންނާއި މުޖުތަމައުގައި އުފެދެމުންދާ ބައިބައިވުންތަކަށް ހައްލެއް ހޯދުމެވެ. އަދި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ އާދަކާދަ އާލާކޮށް، ކުރިން އޮތް ހިތްހަމަޖެހޭ އެކުވެރި މާހައުލު އަލުން އިއާދަކުރުމަށް ގައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތްކުރުން ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މި ކެމްޕެއިން އެކުލަވައިލުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްޓަކައި، ސަރުކާރުގެ ހުރިހާ އިދާރާތަކަށާއި، އަމިއްލަ އޮފީސްތަކަށާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސިޔާސީ ޕާޓީތަކަށް ވެސް ދައުވަތު އަރުވައި، އެ ފަރާތްތަކުގެ ބައިވެރިވުމަށް ވަނީ ހުޅުވާލައިފައެވެ. ކެމްޕެއިން ވިލަރެސް ކޮމިޓީން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއު ރަސްމީކޮށް ފެށުމަށް ބޭނުންވާ ބަޖެޓާއި ޓައިމްލައިން މިހާރު ވަނީ އެއްކޮށް ތައްޔާރުކޮށް ނިމިފައެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ކޮމެންޓް