ޚަބަރު

ފޯރިއާއެކު ދެ ރައީސުން ވެސް ކެމްޕޭން ނިންމާލައިފި

މުހައްމަދު އިޝާން

މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ނިންމާލައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ނިންމާލުމަށް، މާލޭގައި ހިނގާލުމެއް ބާއްވާފައިވާ އިރު، ރައީސް ސޯލިހްގެ ކެމްޕޭން ނިންމާލީ ޖަލްސާއަކުންނެވެ. ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ ބާއްވާފައިވަނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައެވެ.

ނަޝީދުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުން ފަށާފައިވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ ބާއްވާފައިވަނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައެވެ. ރައީސް ސޯލިހަށް ތާއިދު ކުރާ ގިނަ ބަޔަކުވެސް ވަނީ އެ ޖަލްސާގައި ބައިވެރިވެފައެވެ.

އަތޮޅުތެރޭގައި ތިބި އެ ދެ މަނިކުފާނުގެ ސަޕޯޓަރުންވެސް ވަނީ ކެމްޕޭން ނިންމާލުގެ ގޮތުން ހިނގާލުގައި ވެހިކަލް ބުރު ބާއްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިންވެސް ރައީސް ސޯލިހާއި ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.

ނަޝީދު އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭން މިދިޔަ މަހު ރަސްމީކޮށް ފެއްޓެވި އިރު، ރައީސް ސޯލިހު ކެމްޕޭން ރަސްމީކޮށް ފައްޓަވާފައިވަނީ މިމަހުގެ ތެރޭގައެވެ. ރިޔާސ ޕްރައިމަރީގެ ކެމްޕޭނަށް ދެ ރައީސުން ވަނީ އަތޮޅުތެރޭ ގިނަ ރަށްތަކަށް ވަޑައިގެން ޖަލްސާތައް ބާއްވައި ސަޕޯޓަރުންނާ ބައްދަލުކުރައްވައިފައެވެ. އަދި މާލޭގައި ޖަލްސާތައް ބާއްވާއި ޑޯޓުޑޯ ހަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ.