އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލާ މަރުކަޒުތައް އާންމުކޮށްފިއެވެ.
އެމްޑީޕީން މިރޭ އާންމުކުރި ވޯޓުލާ މަރުކަޒުތަކުގެ މައުލޫމާތުގައިވާ ގޮތުން، ޕްރައިމަރީގައި ވޯޓުލުމަށް މާލޭގައި 87 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި އަތޮޅުތެރޭގައި 192 ވޯޓު ފޮށި ބަހައްޓާނެއެވެ.
ޕްރައިމަރީގައި ވޯޓުލުމަށް މާލޭގައި ވޯޓުފޮށި ބަހައްޓާނީ އަމީނިއްޔާ ސްކޫލް، އެމްއެންޔޫ، ސީއެޗްއެސްސީ، އިންކަންދަރު ސްކޫލް، މާފަންނު ސްކޫލް، އިއްޒުދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، މުހިޔުއްދީން ސްކޫލް އަދި ރެހެންދި ސްކޫލުގައެވެ.
ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 57،000 މީހުންނަށް ލިބިގެންވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް އެމްޑީޕީން ބުންޏެވެ.
އެ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަދި އެމްޑީޕީގެ އިސްލީޑަރު އިބްރާހީމް މުހައްމަދު ސޯލިހެވެ.
ދެ ބޭފުޅުންވެސް ގެންދަވަނީ ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު