ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ)އަށް ހަމަލާދިން މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ރޭ 18:37 އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުށި ހިއްކިބިމުގައި ހިންގި މާރާމާރީގައި އިސޫ އާއި 21 އަހަރުގެ މީހަކަށް އަނިޔާވެފައިވެއެވެ.
ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
އަދި 21 އަހަރުގެ ޒުވާނާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން، ފުލުހުން ވަނީ އިސޫއަށް ހަމަލާދިން މައްސަލައިގައި އޭނާ ހައްޔަރުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް