މާލޭގެ ފުރުގާން މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް ރޭ 4:10 އެހައިކަން ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުރްގާން މިސްކިތުގެ ކުޑަދޮރަކަށް ރޭގެ ވަގުތެއްގައި ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޕޯސްޓާ އެކު ކައުންސިލުން ވަނީ މިސްކިތް ބިއްލޫރިގަނޑު ތަޅާލާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުގައި ފެންނަނީ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ކުޑަދޮރެއްގެ އަތްގަނޑު ވެސް ނައްޓާލާފައިވާ މަންޒަރެވެ.