މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާމެ މެމްބަރު މުހައްމަދު ނާޒިމްގެ ކެޕްމޭނުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަހުމަދު ރިޔާޒު އިސްތިއުފާދެއްވައިފިއެވެ.
ރިޔާޒު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެޑްރެސްކުރައްވައި ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ނާޒިމްގެ ކެމްޕޭނަށް ވަގުތު ދެއްވުމުގެ ގޮތުން ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
"2023ގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްގެ ކެމްޕެއިނުގައި، އަމަލީ ގޮތުން ބައިވެރިވެ، އެ ކެމްޕެއިނަށް ވަގުތު ދިނުމުގެ ގޮތުން އަޅުގަނޑު އައްޔަންކޮށްފައިވާ މިނިސްޓްރާ ފޯ ސްޓޭޓް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ މަގާމުން އިސްތިއުފާދޭ ވާހަކަ ދަންނަވަމެވެ،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަންކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ނަމަވެސް ފަހުން ރިޔާޒުގެ ކޮއްކޮ ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އަދި ނާޒިމް ގުޅިގެން އުފެއްދެވި ޕާޓީ، އެމްއެންޕީއަށް އޭނާ ވަނީ ބަދަލުވެވަޑައިގެންފައެވެ. ފަހުން އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު