ޕީޕީއެމް/ޕީއެންސީގައި ތަޖުރިބާކާރު ގާބިލު ބޭފުޅުން ވަރަށް ގިނަ ކަމަށާއި އެންމެ ރެއަކުންވެސް ރަނިން މޭޓް ކަނޑައެޅިދާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ރަނިން މޭޓެއް ކަނޑައެޅުމާމެދު އަދި ވިސްނަމުން ނުދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީ ތެރެއިން ރަނިން މޭޓަކު ޗޫސް ކުރުމަކީ ދަތި ކަމެއް ނޫން ދެއްތޯ. އަޅުގަނޑަށް ޗޮއިސް ވަރަށް ތަނަވަސް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާޓީގައި ވަރަށް އިލްމީ ވަރަށް ގާބިލު، ތަޖުރިބާ ހުރި އެތައް ބޭފުޅުންނެއް އެބަ ތިބި ލީޑާޝިޕްގެ އިސް ސަފުގައި. އެހެންވީމަ އަޅުގަނޑަށް އެއީ ހަމަ އޯވާ ނައިޓަކުންވެސް އަޅުގަނޑު ނިންމަން ބޭނުމިއްޔާ ނިންމި ދާނެ ކަމެއް،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި އެމްއެމްއޭއާއި އެކަމާ ގުޅުން ހުރި އެހެން އިދާރާތަކުން ވެފައިވާ އިހުމާލު މިހާތަނަށް ތަހުގީގު ކޮށްފައިނުވާ ކަމަށާއި އެ މަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ އެ ކަންކަން ތަހުގީގުކޮށް، އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނަތް ހިންގަމުންދިޔަ އިރު، އެކަން ފުލުހުންނަށް އެނގުނު ނަމަވެސް، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް އެމަނިކުފާނަށް ނުލިބޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ބައްދަލުކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު