އިނގިރޭސި ގައުމީ ޓީމުގެ ސެންޓްރަލް މިޑްފީލްޑަރު ކެލްވިން ފިލިޕްސް ގެންދަން މެންޗެސްޓާ ސިޓީން ލީޑްސް ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
އިތުބާރު ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިލިޕްސް ގެންދަން ސިޓީން އެއްބަސްވެފައިވަނީ 45 މިލިއަން ޕައުންޑުގެ އަގެކެވެ. އުމުރުން 26 އަހަރުގެ ފިލިޕްސްއަށް ސިޓީން ލީޑްސްއަށް ދޭނީ 42 މިލިއަން ޕައުންޑުގެ އަގަކާއެކު ތިން މިލިއަން ޕައުންޑުގެ ބޯނަހެކެވެ. ސިޓީން ފިލިޕްސް ގެންގޮސްފައިވަނީ ނުވަ އަހަރަށްފަހު ކްލަބު ދޫކޮށްލި ފެނާންޑީނިއޯ ނެތްތަން ފޫބެއްދުމަށެވެ.
ފިލިޕްސްއަކީ ލީޑްސްގެ "ހީރޯ"އެކެވެ. އެ ކްލަބުގެ އެކަޑެމީން ކެރިއަރު ފަށައި، އެ ކްލަބާއެކު ދެވަނަ ޑިވިޝަނުގައިވެސް ކުޅުނު ފިލިޕްސް މިހާރު ވަނީ ކްލަބަށް 214 މެޗު ކުޅެދީފައެވެ. ފިލިޕްސް ލީޑްސްގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅެފައިވަނީ 2015 ވަނަ އަހަރުއެވެ. މާސެލޯ ބިއެލްސާ ލީޑްސް ކޯޗުކަމުގައި ހުރެ، އެ ކްލަބު ޕްރިމިއާ ލީގަށް ގެނައި އިރުވެސް މުހިއްމު ދައުރެއް އަދާކުރި ފިލިޕްސްއަކީ މިހާރު އިންގްލެންޑް ގައުމީ ޓީމަށްވެސް މުހިއްމު ކުޅުންތެރިއެކެވެ.
ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލަށްވެސް ޕެޕް ގާޑިއޯލާއަށް ފިލިޕްސް ބޭނުން ކުރެވޭނެ އިރު، އިންގްލެންޑް ޓީމަށް ފިލިޕްސް ކުޅެނީ ސެންޓްރަލް މިޑްފީލްޑަރެއްގެ މަގާމަށެވެ.
އިންގްލެންޑުން ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ އިރު، ފިލިޕްސްއަށް ގައުމީ ޓީމުގެ ޖާގަ ދެމެހެއްޓުންވެސް މުހިއްމެއެވެ. ފިލިޕްސްއާއެކު އިންގްލެންޑް ގައުމީ ޓީމުގެ އެމަގާމަށް ވާދަކުރަމުންދާ ބައެއް ކުޅުންތެރިންނަކީ ޖޫޑް ބެލިންހަމްއާއި ޖޯޑަން ހެންޑަސަން، ކޯނޯ ގަލެގާ އަދި ޖޭމްސް ވާޑް-ޕްރޯސްއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ