ޔޫއެފާ ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުތައް ސްޕެއިންއާއި ޕޯޗުގަލްއިން ކާމިޔާބުކޮޮށްފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބު ކުރި ޕޯޗުގަލްއިން މިހާތަނަށް މިއަހަރުގެ ނޭޝަންސް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުންވެސް ފުރިހަމަ މޮޅުތައް ހޯދާފައިވާ އިރު، އެޓީމު އޮތީ ހަތް ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނައިގައެވެ. ފުރަތަމަ މެޗުގައި އެޓީމުން ސްޕެއިންއާ އެއްވަރު ކުރި އިރު، ދެވަނަ މެޗުގައި 4-0 އިން ސްވިޒަލޭންޑް ބަލިކުރިއެވެ. އަދި ރޭގެ މެޗުގައި ޗެކް ރިޕަބްލިކް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭ ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު މެޗުގައި ޕޯޗުގަލްގެ ގޯލުތައް ޖަހައިދިނީ ޖާއޯ ކާންސެލޯއާއި ގޮންކާލޯ ގުއިޑޭޒްއެވެ. މެޗުގެ ފުރަތަމަ ގޯލު ކާންސެލޯ ޖެހި އިރު، އެ ގޯލަކީ އަރުމަތިން އޭރިއާ ތެރެއަށް ވަދެ ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ޖެހި ގޯލެކެވެ.
ޕޯޗުގަލްއިން ފަސޭހަކަމާއެކު ކޮންޓްރޯލުގައި ކުޅެމުން ގޮސް ދެވަނަ ގޯލު ޖެހީ ބާނާޑޯ ސިލްވާ ދުއްވާލި ތުރޫ ބޯޅައަކުންނެވެ. އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލީ ގުއިޑޭޒްއެވެ.
ސްޕެއިން އިންވެސް އެއްވަނަ މަގާމަށް ވާދަކުރަމުންދާ އިރު، މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ ރޭގެ މެޗުން އެކަންޏެވެ. ފުރަތަމަ ދެމެޗުން އެއްވަރު ވެފައިވާ އިރު، ސްވިޒަލޭންޑްގައި ރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަމައެކަނި ގޯލު ޖެހީ ޕަބްލޯ ސަރާބިއާއެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު