ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް އެކެއްގައި އިޓަލީ ކަޓުވާލައި ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރުކުރި އިރު، ގްރޫޕް ތިނެއްގައި އިންގްލެންޑުން ސްޕެއިނުން ދަމަހައްޓަމުން އައި ބަލިނުވެ އޮތުމުގެ ރެކޯޑަށް ނިމުން ގެނެސްފިއެވެ.
ރޭގެ މެޗަށް ނުކުތް އިރު، އިޓަލީ އޮތީ ގްރޫޕްގެ އެއްވަނަ މަގާމުގައެވެ. އެއީ އޭގެ ކުރިން ކުޅުނު މެޗުގައި ފްރާންސް ކައިރިން 3-1 އިން މޮޅު ވެގެންނެވެ. އެހެން ނަމަވެސް ރޭ ބެލްޖިއަމް ކައިރިން އިޓަލީ ވަނީ 4-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ ގްރޫޕްގެ އެއްވަނަ ރޭ ފްރާންސުން ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
ގްރޫޕްގެ އެއްވަނަ ފްރާންސަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ބެލްޖިއަމަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވެއެވެ. އިޓަލީން ހަ މެޗުން 10 ޕޮއިންޓާއެކު ނޭޝަންސް ލީގުގެ ކުއާޓާއަށް ނުދެވި ކަޓައިގެން ދިޔަ އިރު، ތުރުކީ ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.
އިޓަލީން ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖެހީ އެޓީމުންނެވެ. ޕިއޯ އެސްޕޮސީޓޯ ޖެހި ގޯލާއެކު އިޓަލީ ލީޑު ނެގި އިރު، ހާފު ނިމުމުގެ ކުރިން ބެލްޖިއަމުން ވަނީ ތިން ގޯލް ޖަހައި ނަތީޖާއާއި މެޗުގެ އޮއިވަރުވެސް ބަދަލުކޮށްލައިފައެވެ. މެކްސިމް ޑެ ކިއުޕާއާއި ނެތަން އެންގޯއީގެ އިތުރުން ޖެރެމީ ޑޯކޫ ގޯލްތައް ޖެހި އިރު، އެންމެ ފަހު ގޯލް ދެވަނަ ހާފުގައި ޖެހީ ޑިއޭގޯ މޮރިއޭރާއެވެ.
ފްރާންސުން 2-1 އިން ތުރުކީ ބަލިކުރި މެޗުގައި ފްރާންސުން ޖެހި ފުރަތަމަ ގޯލަކީ އެމިރްހާން ޓޮޕްކޫ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެލީ ޖޫނިއާ ކްރޫޕީ ފްރާންސްގެ ދެވަނަ ގޯލް ޖެހި އިރު، ތުރުކީގެ ގޯލް ފަހުވަގުތު ޖަހައިދިނީ އަބްދުލްކެރީމް ބާޑަކްސީއެވެ.
އިންގްލެންޑުން ރޭ ސްޕެއިން ކައިރިންް 3-2 ގެ ތާރީހީ މޮޅެއް ހޯދި އިރު، ރޭގެ މެޗަށް ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ނުކުތީ 43 މެޗުން ބަލިނުވެ އޮތުމަށްފަހުއެވެ. އޭގެ ތެރޭގައި ޕޯޗުގަލް ކައިރިން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗެއް ހިމެނުނު ނަމަވެސް، ރޭގެ ކުރިން ސްޕެއިނުން އެންމެފަހުން މެޗެއްގެ ކުޅުމުގެ ފުރިހަމަ ވަގުތުގައި ބަލިވެފައި އޮތީ 2024 ވަނަ އަހަރު ކޮލަމްބިއާ ކައިރިންނެވެ.
ރޭގެ މެޗުގައި އިންގްލެންޑުން ފުރަތަމަ ލީޑު ނެގީ ހެރީ ކޭންގެ ގޯލުންނެވެ. އޭގެފަހުން އެޒްރީ ކޮންސާއާއި ބެން ވައިޓްގެ ގޯލްތަކުން އިންގްލެންޑް ބޮޑު ލީޑެއް ނެގި ނަމަވެސް، އެ ހާލަތު ފަހުކޮޅުގައި ބަދަލުކުރިއެވެ. އެލިއޮޓް އެންޑަސަން، އޭރިއާ ތެރެއިން ލެމީން ޔަމާލަށް ކުރި ފައުލަކަށް ރަތް ކާޑަކާއެކު ޕެނަލްޓީއެއް ދީފައިވާ އިރު، 63 ވަަނަ މިނެޓުގައި ސްޕެއިންގެ ފުރަތަމަ ގޯލް ޖެހީ މިކޭލް އޮޔާޒަބާލްއެވެ.
އޭގެފަހުން ނިކޯ ވިލިއަމްސް އިތުރު ގޯލެއް ޖެހި ނަމަވެސް، އިންގްލެންޑް މެޗު ކާމިޔާބުކުރިއެވެ.
ނޭޝަންސް ލީގު އޭގެ ގްރޫޕް ތިނެއްގ އެއްވަނައިގައި އިންގްލެންޑް ނިންމާލި އިރު، ސްޕެއިން ދެވަނައިގައި ނިންމާލީވެސް ހަ މެޗުން 15 ޕޮއިންޓާއެކުގައެވެ. ދެޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ތަފާތެވެ. އެ ގްރޫޕުން ކެޓީ ކްރޮއޭޝިއާއާއި ޗެކް ރިޕަބްލިކެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ކޮމެންޓް